ގަލޮޅު ދަނޑުން ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމު ކޮށްފި

ޚަބަރު ފަހުގެ

ގަލޮޅު ދަނޑުގައި އިއްޔެ ކުރިއަށް ދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ ފުލުހުން އާންމު ކޮށްފިއެވެ.

ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ބަޔަކު މީހުން ދަނޑަށް ވަދެ ހުއްޓުވާފައިވާއިރު، ދަނޑުގެ ގޭޓުގައި ފުލުހުން ދިޔައީ ފޯރިމަރަމުންނެވެ. ނަމަވެސް ދަނޑަށް ވަންނަން ދިޔަ މީހުން ހުއްޓުވުމުގައި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން އެނގިގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ ކުރިއަށް ދިޔަ ޔޯގާ ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވާއިރު، މިމައްސަލައާއި ގުޅިގެން ހަތަރު މީހެއްގެ ބަންދަށް 60 އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މީގެ ތެރެއިން 60 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ