ޔޯގާ ހަމަނުޖެހުން: ޝައިހް ނިޝާން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޝެއިހު އާދަމް ނިޝާން ހައްޔަރުކޮށްފި އެވެ.

ފުލުހުން ޝައިހް ނިޝާން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ނިޝާންގެ އިތުރުން ފުލުހުން މިއަދު ވަނީ ޝައިހް ފަޒްލޫން މުހައްމަދު ވެސް ހައްޔަރުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނިޝާން އާއި ފަޒްލޫން އަކީ ޔޯގާ ދުވަސް ފާހަގަ ކުރުމާ ދެކޮޅަށް ގަލޮޅު ދަނޑު ކައިރިއަށް އެއްވެ އަޑުއުފުލުމުގައި އިސްކޮށް ހަރަކާތްތެރިިވި ދެ ފަރާތެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިއަދު ވަނީ ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ