ނޯތު ލީގު: އިހަވަންދޫ އަތުން ހަނިމާދޫ މޮޅުވިއިރު ދިއްދޫއިން ނެއްލައިދޫ ބަލިކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ ހަތަރު ވަނަ މެޗުގައި ހަނިމާދޫއިން އިހަވަންދޫ ބަލިކުރިއިރު ދިއްދޫއިން ނެއްލައިދޫ ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ހަނިމާދޫއިން ވަނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރ 3 – 0 ބަލިކޮށްފައެވެ. މިމެޗުގައި ހަނިމާދޫ ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫއިން މިހޯދި މޮޅާއެކު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ހަނިމާދޫއަށް އެބައޮތެވެ.

މެޗުގައި ހަނިމާދޫގެ ފުރަތަމަ ލަނޑަކީ ކުލަބް ޕޯލްސްޓަރގެ އިމްރާން އާދަމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ލީޑަކުން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. މެޗުގައި ހަނިމާދޫގެ ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 އާސިއްޕެއެވެ. އަދި މެޗުގެ ފަހު މިނެޓުގައި އާދަމް އިބްރާހިމް ވަނީ ހަނިމާދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މިއަދު ދިއްދޫގައި ކުޅެވުނު މެޗުގައި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ވަނީ 6 – 0 ގެ ބޮޑު ތަފާތަކުން ޓީމް ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ހުސެއިން ޒިމްޔާން ވަނީ ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ނަތިޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 5 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަނެއްކާވެސް ޖަޑާ ވަނީ ދިއްދޫއަށް ލީޑު ފުޅާކޮށްދީފަ އެވެ. ދިއްދޫގެ ތިންވަނަ އަދި ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ހުސެއިން ޝިފާހް އެވެ. އަދި 5 ވަނަ ލަނޑު ތައުމީން ނޫހް ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު ޖަހައިދިނީ އަހުޒަމް ރަޝީދެވެ.

މުބާރާތުގައި ހުކުރުދުވަހު ކުޅެވޭ މެޗުގައި ނެއްލައިދޫއިން ނުކުންނާނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރއާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ. އަދި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ނުކުންނާނީ ކުޅުދުއްފުށީގެ ޒިގްޒެގާ ދެކޮޅަށެވެ. މިމެޗު އޮންނާނީ ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ