ހަނިމާދޫ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމައިފި އެވެ.

ހަނިމާދޫ ކައުންސިލް ރޭ 23:15 ހާއިރު އެ ކައުންސިލްގެ ސައިޓްގައި ހާމަކޮށްފައި ވާގޮތުން ބައްދަލުވުން އޮތީ މިރޭ 21:00 މިނެޓުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭގެ ބައްދަލުވުގައި ކައުންސިލާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ކްލަބު ޖަމިއްޔާތަކުން ބައިވެރިވާނެކަމަށާއި އެއީ މިއަހަރުގެެ ބޮޑު އީދު ފާހަގަ ކުރުމަށް މަޝްވަރާ ކުރުމަށް ރައްޔިތުންނާއި ބާއްވާ ބައްދަލުވުމެއް ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ހަނިމާދޫގައި ބޮޑު އީދު ފާހަގަކުރަން 70،000 ރުފިޔާ ހަރަދު ކުރަން ހަނިމާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 49 ވަނަ އާއްމު ބައްދަލުވުމުގައި މަޝްވަރާކޮށްފިއެވެ.

އެ ޖަލްސާގައި މި ހުށައެޅުން ހުށައެޅީ ހަނިމާދޫ ކައުންސިލްގެ އަންހެން މެންބަރު ނާޒިޔާ ހަސަން އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ