ހއ. އަތޮޅަށް ހައި-ސްޕީޑް ފެރީގެ ހިދުމަތް ފަށާއިރު އެއްވެސް އަގެއް ނުނަގާނެ

ޚަބަރު ފަހުގެ

އާދިއްތަ ދުވަހު ހއ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާއިރު ފެރީގެ ހިދުމަތުން އެއްވެސް އަގެއް ނުނަގާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކޮށްފިއެވެ.

އާދީއްތަ ދުވަހު ރަސްމީކޮށް ދަތުރުތައް ފަށާނެކަމަށެވެ. އަދި މާދަމާ ފަށާނީ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައްކަމަށާއި، ދަތުރުތައް ކުރުމަށް ރަށު ކައުންސިލް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

އެ ޚިދުމަތް މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުން ވަނީ ރަސްމީކޮށް ފަށާފައެވެ. އޭގެ ކުރިން، މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގައި ޓެސްޓު ދަތުރުތަކެއް ވަނީ ކޮށްފައެވެ. އަދި މި ދަތުރުތަކުގައި އެއްވެސް އުޖޫރައެއް ދަތުރުވެރިންގެ އަތުން ނަގާފައި ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ