ޔޯގާ ހަރަކާތް ބޭއްވީ އެކަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގައިފައި ވަނިކޮށް!

ޚަބަރު ފަހުގެ

ހިންދޫ ދީނުގެ އަޅުކަމެއް ކަމަށްވާ ޔޯގާ ހަރަކާތް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބާއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީ އެކަން ހުއްޓުވުމަށް ފުލުހުންނަށް އަންގާފައި ވަނިކޮށްކަން ހާމަވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ބުނެފައި ވަނީ ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނޮވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ދިވެހިރާޢްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޛޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމުގައިވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށެވެ.

އެހެން ކަމުން އެސިޓީއެއްގައި ބުނެފައިވަނީ މެޑިޓޭޝަނެއް ކަމަށްބުނެ ކުރާ ޔޯގާ އަކީ ހިންދޫންގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ޚިލާފް ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ބަލާލުމެއް ނެތި ފުލުހުންވަނީ މި މަހުގެ 21 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންދޫންގެ އަޅުކަމެއް ކަމަށްވާ ޔޯގާ ހަރަކާތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވި ހަރަކާތަށް އެއްބާރުލުންދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ