ޔޯގާ ހަރާމޭ ކިޔައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ

ޚަބަރު ފަހުގެ ސިޔާސީ

ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ކިޔައިގެން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ހަވީރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމާއި އުފަލުގައި ދިރިއުޅެމުން އައި ބައެއް ކަމަށާއި ނަމަވެސް މިއަދު ނިކުމެ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ގައުމުތައް ހަލާކުގެ އައްސޭރިއަށް އަދި ބާކީވެ އެކަހެރިވި މަންޒަރު ވެސް ފެނިފައިވާ ކަމަށާއި ރާއްޖެ އެ ހާލަތަށް ދިޔުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދޭ ރާއްޖެ އަށް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

“ކުރިއަށް އޮތްތަނުގައި ވެސް އެ މަގުސަދު ހާސިލުކޮށްދޭނެ ޕާޓީއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްޑީޕީ.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މިދިޔަ ހަފްތާގައި ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ