ހަނި ތަފާތަކުން ހަނިމާދޫއިން ނެއްލައިދޫ ބަލިކުރިއިރު ދިއްދޫއިން ފަސޭހަކަމާއެކު އިހަވަންދޫ ބަލިކޮށްފި

ޚަބަރު ފަހުގެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ހަވަނަ މެޗުގައި ހަނި ތަފާތަކުން ހަނިމާދޫއިން ނެއްލައިދޫ ބަލިކުރިއިރު ދިއްދޫއިން ފަސޭހަކަމާއެކު އިހަވަންދޫ ބަލިކޮށްފި އެވެ.

މިއަދު ހަނިމާދޫގައި ކުޅުނު މެޗުގައި ހަނިމާދޫއިން ވަނީ 2 – 1 ން ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލީޑު ނެގީ ނެއްލައިދޫއިންނެވެ. އިބްރާހިމް ނާއިޒްގެ ލަނޑުން ނެއްލައިދޫއިން ލީޑު ނެގިނަމަވެސް އެޓީމަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކު އެވެ.  އެ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިން އިރު 48 ވަނަ މިނެޑުގައި މޫސާ ކައުޔަޝް ކައިލްގެ ލަނޑުން ހަނިމާދޫއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ހަނިމާދޫއިން މޮޅުވި ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު އަލީ އެވެ. 

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ އަނެއް މެޗުގައި ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބާ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރ ބައްދަލުކުރި މެޗު 4 – 1 ން ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ އިހަވަންދޫއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖެހީ އިހަވަންދޫގެ ޖޯޒީ ނަމްބަރު 14 މުހައްމަދު ފާރިޝް އިބްރާހިމް އެވެ. އޭގެ މިނެޓެއް ފަހުން ދިއްދޫއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިލަނޑު ޖެހީ ދިއްދޫގެ ޖަޑާ އެވެ. މެޗުގައި ދިއްދޫގެ ދެވަނަ ލަނޑު މުހައްމަދު ނައުޝާދު ޖަހައިދިންއިރު އަނެއް ދެލަނޑު ޖެހީ ތައުމީން ނޫހު އެވެ.

މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ އަންގާރަ ދުވަހު އެވެ.  އެދުވަހު ދިއްދޫ ދަނޑުގައި ކުޅޭނީ ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު އާއި ހަނިމާދޫ އެވެ. އަދި ހަނިމާދޫ ދަނޑުގައި ކުޅޭނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން (ކުޅުދުއްފުށި)  އަދި ނެއްލައިދޫ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ