“ދިޔަރެސް” ނޫހުން ދޮގު ހަބަރު ފެތުރިކަމަށް ބުނެ 10 މިލިއަން ރުފިޔާ ހޯދަން ސައްލެ ކޯޓަށް

ޚަބަރު ފަހުގެ

މިދިޔަ ހަފުތާގައި އާންމުވި ވިޑިއޯއެއްގައި އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ މީހަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް “ދިޔަރެސް” ނޫހުން ރިޕޯޓްކުރުމާ ގުޅިގެން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ހޯދަން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅީ “ދިޔަރެސް” ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށް ދައުވާކޮށް ދިނުމަށެވެ. ސައްލެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ނޫހުގައި މި މަހު 25 ގައި ޝާއިއުކުރި ހަބަރެއްގައި އޭނާއާ ގުޅުވައި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝައިއުކޮށްފައިވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެފަދަ އިލްޒާމެއް އަޅުވާފައި ވަނީ ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ސާފުކުރުމެއް ނެތި ކަމަށް ވެސް ބުނެފައިވެ އެވެ.

“ދިޔަރެސް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައްލެ އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އޭނާ ކުރިން ޑިރެކްޓަރެއްގެ ގޮތުގައި ހިއްސާވި ރާއްޖެ ޓީވީގައި މަސައްކަތްކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރާ އެކީގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ