ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި

ޚަބަރު ފަހުގެ

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވުމުގެ ގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލައިފިއެވެ.

އައިޖީއެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ޖިންސުގެ ދިވެހި ޒުވާނުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން އަށް އައިޖީއެސްއިން ތަމްރީނުކުރި ޓީމް:

  • ހުސައިން އައްސަދު، ރ. އަލިފުށި
  • ހުސައިން ރިޒާމް، މާލެ
  • އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
  • މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  • މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  • މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  • މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

މި ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފައެވެ. އައިޖީއެސް އިން ބުނީ، ފުރަތަމަ މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓަލައިޓް ހަދައި ޓެސްޓު ކުރުން ކަމަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓަލައިޓެކެވެ.

ހުޅުމާލޭގެ ސައިޓެއްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އައިޖީއެސްގެ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ އެޗްޑީސީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ