ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަޚަމްވެއްޖެ

ޚަބަރު ފަހުގެ


ދޯންޏެއްގެ ބުރަފަތީގައި ޖެހި އުމުރުން 25 އަހަރުގެ ދިވެހި މަސްވެރިޔަކު ޒަޚަމްވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގދ.ތިނަދޫގެ 16 ނޯޓިކަލް މޭލު އިރުން 25 މީހުންނާއި އެކު މަސްވެރިކަން ކުރަން އުޅުނު “ރޯޅި” ދޯނީގައި ހުރި އުމުރުން 25 އަހަރުގެ ދިވެހި ފަޅުވެރިއެއް ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓާލަން އުޅެނިކޮށް ބުރަފަތީގައި ޖެހި ފައިގެ ފަލަމަސްގަނޑު ޒަހަމްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 6:25 ހާއިރުއެވެ.މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ގދ.ތިނަދޫ އަށް ގެންގޮސް ޑރ އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދޭން ފަށާފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ ބުރަފަތިން ވައު ނެއްޓުމަށް އެ ޒުވާާ އުޅެނިކޮށް ކެޔޮޅު އަތުން އޮޅިގެން ގިއަރއަށް ލެވިގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ