ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކުރަން ނިންމައިފި

ޚަބަރު ފަހުގެ

ކޮވިޑް-19އާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކުރަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އާ މަގާމުތަކަށް މުވައްޒަފުން ނެގުން ހުއްޓާލުމަށް އެންގި އެންގުމަށާއި، މިހާތަނަށް މުވައްޒަފުންނަށް ދެމުންނުދާ އެއްވެސް އައު އެލަވަންސެއް ނުދިނުމަށް އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެއްވެސް އައު މަޤާމަކަށް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނެގުން ހުއްޓާލަން އެންގި އެންގުމަށާއި، ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމާއި، އިތުރުގަޑީގެ ގޮތުގައި ބަޖެޓްކޮށްފައިވާ މިންވަރުގައި ޚަރަދުތައް ހިފެހެއްޓުމަށް، މަސައްކަތްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުން އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ.

އޭގެއިތުރުން މެންދުރު 14:30 ގައި އޮފީސްތައް ބަންދުކުރުމަށް އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލަން ވެސް މި ސާކިއުލާގައި ވަނީ އަންގާފައެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް އެންގި އެންގުމަށް ވެސް އަމަލުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އަދި ދައުލަތުގެ އިދާރާތަކުން ޢަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސް މަރާމާތުގެ މަސައްކަތެއް ނުފެށުން އެންގި އެންގުމަށްވެސް އަމަލުކުރުން ހުއްޓާލަން ވަނީ އަންގާފައެވެ.

މީގެއިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދުތައް ކުރުން ހުއްޓާލުމުގެ ނިންމުމަށް ވެސް އަމަލުކުރަން ހުއްޓާލަން މި ސާކިއުލާއިން ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ