އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުމަށް ގޮވާލާ ޖާބިރު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޚަބަރު ފަހުގެ

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިންތިހާއަށް މަތިވެފައިވާ ކަމަށާއި އެހެންކަމުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހަ މެމްބަރުންނެވެ. އަދި މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެމްބަރުން ވޯޓު ދެއްވުމުން މި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޑޮލަރުގެ އަގަކީ 15.42 ރުފިޔާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ޑޮލަރުގެ ކަޅު ބަޒާރެއް އުފެދިފައިވާ ކަމަށާއި އެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި އެތަކެއް ދިވެހި ކުދިންނެއް ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށާއި އެކުދިންނަށް ޑޮލަރުގެ ބޭނުން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑޮލަރުގެ އަގު މަތިވަމުން އަންނައިރު ވެސް އެކަމުގައި ގަވަރުނަރު ހަނު ހުންނަވާ ކަމަށާއި މިފަދަ ހާލަތެއްގައި ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުގެ ޒިންމާ އަދާ ނުކުރެވި ނުކުޅެދިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހި ރުފިޔާގެ އަގު ދަށްވިޔަ ނުދީ ހިފަހައްޓައި، ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހޭނީ ހާޝިމް މަގާމުން ވަކިކޮށްގެން ކަމަށް ޖާބިރުގެ މައްސަލައިގައި ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ