ކެތިއަރާ އީދު ފޯރި: ހަނިމާދޫގައި ބާއްވާ ފުރަތަމަ ފައިގަތަޅާ މުބާރާތް އަދި ކުޑަކުދިންނަށް އެތައް ކުޅިވަރެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ބާއްވާ ފުރަތަމަ ފައިގަތަޅާ މުބާރާތް އަދި ކުޑަކުދިންނަށް އެތައް ކުޅިވަރެއް ބާއްވަން އެ ޖަމިއްޔާއިން ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

ކެތިއަރާ އިން އިންތިޒާމުކުރާ ހަރަކާތްތަކުގެ ތެރެއިން މުޅިން އަލަށް ހަނިމާދޫގައި ފައިގަތަޅާ މުބާރަތެއް ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި 12 ކުޅުތެރިންގެ ޓީމެއް ހަދާ އެކަމަށް ހާއްސަ ކުރެވިފައިވާ ގޫގުލް ފޯމް ފުރާލުމުން ބައިވެރި ވެވޭނެއެވެ. މިއީ އަންހެން ވެރިންނަށް ހައްސަ މުބާރާތެކެވެ. މުބާރަތުގައި ބައިވެރި ވެވެނީ މި މަހު 7 ވަނަދުވަހުގެ ނިޔަލަށް ފޯމްފުރާ ފަރާތްތަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަން ކެތިއަރާއިން ވަނީ ނިންމާފައެވެ. އެގޮތުން މިމަހު ނުވަނަދުވަހު ހެނދުނުން ހަވީރާ ދެމެދު ކަލާ ރަން، ބައިސްކަލް ރޭސް، ޖޮގިން ރޭސް، ގްރީސް ޕައިޕް ރޭސް، އަދި މިއުޒިކަލް ޗެޔާ ހިމެނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވޭނީ އެދުވަހު މިހަރަކާތްތައް އޮންނަ ސަރަހައްދަށް ހާޒިރުވުމަށް ފަހު ކަމަށް ކެތިއަރާއިން ބުނެއެވެ.

މިހަރަކާތްތަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 997708 ގުޅުއްވުމަށް ވެސް އެފަރާތުން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ