“ސޭވް އަ ޑައިބެޓިކް ޗައިލްޑް” ގެ ސްޕޮންސަރަކަށް ސްޓެލްކޯ

ޚަބަރު ފަހުގެ

ސްޓެލްކޯ އިން ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ސްޕޮންސާކޮށްފި އެވެ.

ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ޑައިބެޓީސް ސޮސައިޓީއާ އެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ދޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ހަކުރުބަލީގެ ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ގެ ދަށުން ހިލޭ ކްލިނިކާއި، ބައްޔާ އެކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތައް ވަނީ ކޮށްފަ އެވެ. އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި ޓެސްޓުކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ މި ޕްރޮޖެކްޓުގެ ދަށުން ދީފަ އެވެ.

މިއީ ޑައިބެޓީސް ސޮސައިޓީ އުފެދުނީއްސުރެ ހިންގަމުން އައި ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގަރާމެވެ.

ޑައިބެޓިކް ސޮސައިޓީއަކީ 2000 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް، ހަކުރުބައްޔަށް މީހުން ހޭލުންތެރިކޮށް، ހަކުރުބަލީގެ މީހުންނަށް ދުޅަހެޔޮ ދިރިއުޅެމެއް އުޅެން އެހީވަމުން އަންނަ ބައެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ