ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ކާފައާއި މުނިކާފަ 25 އަހަރަށް ޖަަލަށް

ޚަބަރު ފަހުގެ

ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ/ރިހިވެލި އިބްރާހީމް ދީދީ (62އ.) އާއި މުނިކާފަ، އެރަށު އަންނާރުމާގެ ހަސަން މޫސާދީދީ (82އ.)ގެ މައްޗަށް އެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ޢާއިލާގެ މެންބަރަކު އެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. ބުދަ ދުވަހު އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ކުރެއްވި ހުކުމުގައި ވަނީ، މި ދައުވާ އެ ދެ މީހުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހުން ބަންދުގައި ތިބި މުއްދަތު ހުކުމުން އުނި ކުރުމުން، އެމީހުން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 22 އަހަރާއި، 6 މަހާއި 10 ދުވަހެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެ ދެމީހުން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން 25 އަހަަރަށް ޖަލަށްލުމަށް ގާޒީ ހުކުމް ކުރެއްވިއެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީމަހު ފެންމަތިވީ މިމައްސަލައިގައި އެދެމީހުން ހައްޔަރު ކޮށްފައިވަނީ، އެކާފައާއި މުނިކާފަ ތުއްތު ކުއްޖާ ރޭޕް ކުރިކަން ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގިގެން އެކަން ކަމާ ބެހޭ ފަރާތަށް އެންގުމުންނެވެ. މި ދެމީހުން ހައްޔަރުކުރީ 17 ޖެނުއަރީ 2020ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ