އެމްޕީއެލްގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި ސަރުކާރު ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ކޮންޓްރެކްޓް އޮޑިޓަރ ކޭޕީއެމްޖީގެ ފަރާތުންވެސް ބައިވެރިވެވަޑައިގަތެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ 2021 ވަނަ އަހަރު އެ ކުންފުނިން ކުރި މައިގަނޑު މަސައްކަތްތައްފާހަގަކުރައްވައި، ކުންފުނީގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާކުރުމާއި، މުސްތަޤްބަލަށް ކުރަން ރާވާފައިވާ ތަރައްޤީގެ ޕްލޭންތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ޖަލްސާގައި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން 2021 ވަނަ އަހަރުގެ ޑިވިޑެންޑް އަދި މުވައްޒަފުންގެ ބޯނަސްވެސް ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް ކުންފުނީގެ އޮޑިޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ