ކަސްޓަމްސްގެ ޓީމެއް އަނެއްކާ ވެސް އިންޑިއާ އަށް

ޚަބަރު ފަހުގެ

ރާއްޖޭގެ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމެއް ތަމްރީނު ޕްރޮގްރާމަކަށް އަނެއްކާ ވެސް އިންޑިއާ އަށް ގެންދަން ނިންމައި އެކަމުގެ ލިޔުން މުވައްޒަފުންނާ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންނާ ލިޔުން ހަވާލުކޮށް ދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މަހާވަރު އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފަހަރުގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން ކަސްޓަމްސްގެ 30 އޮފިސަރަކު އިންޑިޔާގެ ފަރީދްއާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭ.ސީއައިއެން) ތަމްރީނު ހޯދާނެއެވެ. މި ތަމްރީން ޕްރޮގްރާން ކުރިއަށް ދާނީ މި މަހުގެ 11-15 އަށެވެ.

ކަސްޓަމްސުން ބުނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ކަސްޓަމްސް ދާއިރާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައި ކަމަށެވެ. އެގޮތުން މި ބެޗް ހިމެނޭހެން 130 ކަސްޓަމްސް އޮފިޝަލުން ވަނީ އިންޑިޔާ އަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީން ދެވިފައި ކަމަށެވެ. އަދި ކަސްޓަމްސްގެ 90 އޮފިޝަލަކު ވަނީ އޮންލައިން ޕްރޮގްރާމްތަކަކުން ވެސް ތަމްރީނު ހޯދައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ