ކެތިއަރާ އީދު ފޯރި: ފައިގަތަޅާ މުބާރާތް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ބާއްވާ ފުރަތަމަ ފައިގަތަޅާ މުބާރާތް 7 ޓީމާއެކު ރޭ ފަށައިފިއެވެ.

މިމުބާރާތް ޝަރަފުވެރި ކޮށްދެއްވީ ސިއްހީ ދާއިރާގެ ހިދުމަތުގައި 32 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާ މިހާރުވެސް އެ ހިދުމަތުގައި އުޅުއްވާ ޕަބުލިކް ހެލްތު އޮފިސަރ ހަބީބާ އަޙްމަދު އެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރާނެއެވެ. މިއީ ގަދަ 4 މެދުގައި ސެމީ ކުޅެ އެތަނުން މޮޅުވާ ދެ ޓީމް ފައިނަލް ގައި ވާދަކުރާ ގޮތަށް ކުޅޭ މުބާރަތެކެވެ. އެގޮތުން ރޭ ވަނީ މުބާރާތުގެ 12 މެޗު ކުޅެފައެވެ. އެމެޗުތަކުގެ ނަތީޖާ ތަކަކީ:

  • ޓީމް ޓޮއިން ޓޮއިން 01-0 އެއްލީ މަރުވީ
  • ގޮތްޔެ 03-00 ޑިންޑިން ކުނބޯ
  • ގޯޕާލާ ގޯޕާލަ ހާޒިރު ނުވާތީ މެޗު ވަނީ ހޮވާލިއަށް ލިބިފައި
  • ހިތްވަރު 01-00 ގޮތްޔެ
  • ގޯޕާލާ ގޯޕާލަ ހާޒިރު ނުވާތީ މެޗު ވަނީ ޓީމް ޓޮއިން ޓޮއިން އަށް ލިބިފައި
  • ޑިންޑިން ކުނބޯ 01-03 ހޮވާލީ
  • ގޯޕާލާ ގޯޕާލަ ހާޒިރު ނުވާތީ މެޗު ވަނީ އެއްލީ މަރުވީ އަށް ލިބިފައި
  • ހޮވާލީ 00-04 ހިތްވަރު
  • ޓީމް ޓޮއިން ޓޮއިން 02-01 ޑިންޑިން ކުނބޯ
  • ހޮވާލީ 04-03 ގޮއްޔެ
  • އެއްލީ މަރުވީ 06-02 ޑިންޑިން ކުނބޯ
  • ޓީމް ޓޮއިން ޓޮއިން 03-02 ހިތްވަރު

މިރޭވެސް މި މުބާރަތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗުތައް ކުޅޭނީ ބަނދަރު އިސްޓޭޖު ސަރަހައްދުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ