ކެތިއަރާ އީދު ފޯރި: ފައިގަތަޅާ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޮވާލީ ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫގައި ބޭއްވި ފުރަތަމަ ފައިގަތަޅާ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޮވާލީ ހޯދައިފިއެވެ.

ހޮވާލީ މިވަނަ ނެގީ ފައިނަލުގައި އެއްލީ މަރުވީ އާއި ވާދަކޮށް 1-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެނެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮވާލީ ފައިނަލަށް ގޮސްފައި ވަނީ ޕޮއިންޓް ޓޭބަލް އެއްވަނައިގައި އޮތް ޓީމް ޓޮއިން ޓޮއިން ސެމީގައި 2-0 ލަނޑުން ބަލިކުރުމަށްފަހުއެވެ. ހޮވަލީ ސެމީއަށް ދަތުރުކުރީ ޕޮއިންޓް ތާވަލުގެ 4 ވަނައިގައި އޮވެގެނެވެ.

ެެެހޮވަލީ އަށް ސެމީގެ ފުރުސަތު ފަހިވީ މެޗެެއްގެ މެދުތެރެއިން ރެފުރީ ނިންމި ނިންމުމަކާއި ހިންހަމަ ނުޖެހިގެން ޑިންޑިން ކުނބޯ މައިދާން ދޫކޮށް ދިއުމުންނެވެ. އެޓީމް މައިދާން ދޫކޮށް ދިޔައީ ކުނބޯ ޓީމް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކުމުންނެވެ. އެ ޓީމުގައި ހަނިމާދޫ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިބި ގިނަ މޫނުތަކެއް ފެނިގެދިޔައިރު ޓީމް މައިދާން ދޫކޮށް ފޭބީވެސް އެފަދަ ފަރާތެއްގެ އެންގުމަށެވެ.

ެެއެއްލީ މަރުވީ ފައިނަލަށް ދަތުރު ކުރީ ހިތްވަރު 2-1 ބަލިކުރުމަށްފަހުއެވެ. އެއްލީ މަރުވީ ސެމީއަށް ދަތުރު ކުރީ ޕޮއިންޓް ތާވަލުގެ 3 ވަނައިގައި އޮވެގެންނެވެ. ހިތްވަރު އޮތީ ޕޮއިންޓު ތާވަލުގެ ދެވަނައިގައެވެ.

މި މުބާރަތުގެ އިނާމު ދިނުމުގެ ހަފުލާ ފަހުން ބާއްވަނެކަމަށް ކެތިއަރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ