ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް

ޚަބަރު ފަހުގެ

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސައަށް ގައުމުން ބޭރަށް ވަޑައިގެންނެވޭނެ ގޮތެއް ނެތިފައި ހުންނެވުމަށް ފަހު އެންމެ ފަހުން އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެއަށް ވަޑައިގެންފި އެވެ.

ސްރީ ލަންކާގެ އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ގޮޓާބަޔަ އަދި އިސްތިއުފާ ދެއްވާފައި ނުވާތީ އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށް ވާތީ އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ.

އޭއެފްޕީން ބުނީ ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ. ރާއްޖޭގެ އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނި ގޮތުގައި ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ވަނީ އެއާޕޯޓުން ބޭރަށް ވަނީ ގެންގޮސްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ