ގޮތަބަޔަ ރާއްޖެ އައުމުން ނުރުހުން ފާޅުކޮށް މާލޭގައި ލަންކާ ރައްޔިތުން މުޒާހަރާ ކުރަނީ

ޚަބަރު ފަހުގެ

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ނުރުހުންވެ އަލިމަސް ކާނިވާ ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފި އެވެ.

ނަމަވެސް ފުލުހުން ދަނީ އެ މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ގޮޓަބަޔާ ވަގުތަށް އިސްތިއުފާ ދެއްވުމަށާއި، އެނބުރި ގައުމަށް ވަޑައިގަތުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ތިބި ލަންކާގެ އެތައް ރައްޔިތުންނެއް ދަނީ މީސްމީޑިއާގައިވެސް މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ހަމަ އެހެންމެ ރައީސް ގޮޓަބަޓާއަށް ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން އެގައުމުގައިވެސް ދަނީ މުޒާހިރާ ކުރަމުންނެވެ.


މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާ ކުރެއްވި ނަމަވެސް މިހާތަނަށް ގޮތަބަޔާ އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. ގޮތަބަޔާ މިވަގުތު ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ