ގޮޓާބަޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

އަމިއްލަ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖޭއަށް ވަޑައިގެން ދިވެހި ސަރުކާރުގެ ހިމާޔަތުގައި ހުންނެވުމަށްފަހު ހިމާޔަތް ހޯއްދެވުމަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ގޮޓާބަޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ސައުދީ އެއާލައިންސްގެ ފްލައިޓެއްގައެވެ. މި ފްލައިޓް ފުރީ ރާއްޖެ ގަޑިން 11:38 ގައެވެ. މި ފްލައިޓް ޖައްސާނީ ސިންގަޕޯ ޗަންގީ އެއާޕޯޓަށެވެ. ފްލައިޓް ޖައްސާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން މިރޭ 19:14 ހާއިރު އެވެ.

އިޝްތިހާރު
އިޝްތިހާރު

ގޮޓާބަޔަ ފުރާވަޑައިގެންނެވީ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ.

އެއާޕޯޓުުން ގޮޓާބަޔައަށް އަލްވަދާޢު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ގެނައުމަށްވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މިފަދަ ބޯޓުތައް ރާއްޖޭގެ އެއާޕޯޓްތަކަށް ޖެއްސޭނީ ޑިފެންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ހާއްސަ ހުއްދަތަކާއެކުގައެވެ. ނަމަވެސް ގޮތަބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ