ަސާއްބަ ވާދެމުމުގެ 8 ވަނަ މުބާރާތުގެ އެއްވަނ ދެލަކި އަދި އެއްލަކި ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބު ގެ ފަރާތުން އަލްހާ އީދުގައި ބާއްވަމުން އަންނަ ވާދެމުމުގެ މުބާރަތުގެ 8 ވަނަ މުބާރާތުގެ ފިރިހެން ޗެންޕިޔަންކަން ދެލަކި ހޯދިއިރު އަންހެން ފަޅީގެ ޗެންޕިޔަންކަން ހޯދީ އެއްލަކިނެވެ.

ދެލަކިން ތަށި އުފުލައިލީ ފައިނަލްގައި ވާދެމޭ ސީދާ 2 ދެމުމުން ބަލިކުރުމަށް ފަހުއެވެ. ފުރަތަމަ ދެމުން ދެލަކިން ކާމިޔާބުކުރީ 9 ސިކުންތުންނެވެ. 2 ވަނަ ދެމުން ފުރަތަމަ ބުރަވީ ވާދެމޭ ކޮޅަށް ނަމަވެސް 50 ސިކުންތުން މިދެމުންވެސް ގެންދިޔައީ ދެލަކިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ކަނބަލުނަގެ ތަށި އެއްލަކިން އުފުލައިލީ ގުލޮރީ ގާލްއާ ވާދަކޮށް 2 ދެމުމުން ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ދެމުން 1 މިނެޓް 42 ސިކުންތުން ކާމިޔާބުކުރިއިރުން 2 ވަނަ ދެމުން ކާމިޔާބުކުރީ 12 ސިކުންތުންނެވެ.

ފައިނަލް ނިންމާ ވަނަވަނައަށް ތަށި އަދި މެޑެލް ހަވާލް ކޮށްފައިވެެއެވެ. މިމުބާރާތުގައި ވަނީ ވާދެމުގެ ރިކޯޑް ދެ ޖިންސުން ވެސް މުގުރާލާފައެވެ. އެގޮތުން ފިރިހެން އެންމެ އަވަސް ދެމުމުން ދަމާފައި ވަނީ ރޫހު ލެޖެންޑް އެވެ. އެއީ 00:03:16 އިންނެވެ. އަންހެން އެންމެ އަވަސް ދެމުން ދަމަފައި ވަނީ އެއްލަކިންނެވެ. އެއީ 00:03:50 އިންނެވެ.

މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަނިމާދޫ ކައުންސިލް، އިޔާމް، ޗިލްޓައިމް މައްސޫދު އާދަމް ވެދެއްވާފައިވާ އެހީތަކަށް ސާއްބައިން ވަނީ ޝުކުރު އަދާ ކޮށްފައެވެ. އަދި މުބާރާތުގެ މީޑިޔާ ޕާޓުނަރު ގޮށްކޮޅު ކޮށްދެއްވި މަސައްކަތަށްވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ