ކުޑަގިރި ނައިބު ރައީސް ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.

އިއްޔެ ހަވީރު ކުޑަގިރިއަށް ކުރެއްވި ދަތުރުގައި، އެ ރަށުގައި ގާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބު ރައީސް ބައްލަވާލެއްވި އެވެ. އެގޮތުން އެރައިވަލް ޖެޓީ އާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހުމާންދާރީ އަދާކުރުމަށް ތަރައްގީކުރާ ރިސެޕްޝަނާއި، މިސްކިތާ ޕަވަ ހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ. ބިން ހިއްކުމުގެ ކުރިން އެކަމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދާނެ އެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ