ރައްޔިތުން އެދުނު ގޮތަށް ބަނދަރު ބޭރުތޮށި ނަހަދާ ފާލަމެއް ލައިދޭން ހަނިމާދޫ ކައުންސިލުން އެދިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ރައްޔިތުން އެދުނު ގޮތަށް ބަނދަރު ބޭރުތޮށި ނަހަދާ ކޮންކްރީޓް ފާލަމެއް ލައިދޭން ހަނިމާދޫ ކައުންސިލުން އެދިއްޖެއެވެ.

މިކަން ހާމަވީ ހަނިމާދޫ ކައުންސިލްގެ ރައީސް އާއްމުކޮށްފައިވާ ސިޓީ އަކުންނެވެ. އެސިޓީގައި ސޮއި ކޮށްފައިވަނީ ހަނިމާދޫ ކައުންސިލް ނައިބުރައީސް ފިރާޤް މުހައްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާރ ސްޓްރަކްޗާރ އޮނަރަބަލް މުހައްމަދު އަސްލަމަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ރައްޔިތު ބައްދަލުވުމުގައި ބޭރު ތޮށީގައި އެލް ބްލޮކް ޖެހުމަށް ބޭނުންވާ ކަމަށްވަނީ ނިންމާފައިކަމަށެވެ.
ނަމަވެސް ހަނިމާދޫ ކައުންސިލުން އެކަން ތަންފީޒްކުރުމަށް ކުރެވުނު މަސައްކަތުން އެލް ބްލޮކް ޖަހައިފި ނަމަ ބަނދަރު ތެރޭގައި އުޅަނދު ފަހަރު އެޅުމަށާއި މޫސުން ބަދަލުވާއިރު އުޅަނދުފަހަރަށް ގެއްލުންތައް ލިބޭނެ ކަމަށް ކަމާއިގުޅޭ އިންޖިނިއަރުން ލަފާދީފައި ވާކަމަށެވެ.

އެހެން ކަމުން ހަނިމާދޫ ކައުންސިލުން ދެވަނަ ވިސްނުމަކަށް ގޮސްފައިވާކަމަށް ބުނެފައިވަނީ ބޭރު ތޮށީގައި ކުދި ޑިންގީތައް އެޅޭގޮތަށް ދިގުމިނުގައި 150 މީޓަރު އަދި ފުޅާމިނުގައި 2 މީޓަރު ހުންނަވަރުގެ ކޮންކްރީޓް ޖެޓީއެއް ހަދައިދެއްވުމަށް އެސިޓީގައި އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ