އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީގައި ފުނަދޫ ޔުނިޑީ ސްޕޯޓްސް އެޓީމުގެ ފުރަތަމަ މެޗުން 3 ޕޮއިންޓު ހޯދާ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
މިއަދު ހަވީރު ފޯކައިދޫ ދަނޑުގައި ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީއާ ބައްދަލުކޮށް 5-3 ކާމިޔާބުކުރީ ފުނަދޫގެ ޔުނިޓީ ސްޕޯޓްސް ޓީމެވެ. އެޓީމުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޫސާ އާދަމް އެވެ. ދެވަނަ ލަނޑު އިބްރާހިމް ސައީދު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވާއިރު އެޓީމުން ތިންވަނަ ލަނޑު 28 ވަނަ މިނެޓުގައި ޕެލެންޓީއަކުން ކާމިޔާބު ކޮށްދިނީ މުހައްމަދު އަގީލްއެވެ. 0:3 މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ނަރުދޫ ރަމްޒު ސްޕޯޓްސް ވަނީ ދެ ލަނޑު ޖަހާ ނަތިޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިބު ކޮށްދިނީ ހަސަން ފައިރޫޒްއެވެ. ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އަޒްމޫން އެވެ. އެއާއެކު ފުރަތަ ހާފު ނިމުނީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ މާގިނައިރު ނުވަނީ ލިބުނު ޕެލެންޓީއަކުން މުހައްމަދު އަގީލް ލަނޑެއް ކަމިޔާބުކުރިއިރު ޖެހިގެން އައި މިނެޓުގައި ލަނޑެއް ޖަހާ މޫސާ އާދަމް ވަނީ ލީނޑު ފުޅާކޮފައެވެ. އެއީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މެޗުގައި ނަރުދޫ ޓީމިގެ ދެވަނަ ލަނޑު އަހުމަދު އިނާޒް ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައެވެ.
ދެން މި މުބާރަތުގެ މެޗެއްް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ބައްދަލު ކުރާނީ
އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީއެވެ.