ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު މަޝްރޫޢު ހުއްޓާލުމަށް އީޕީއޭއިން އަންގައިފި 

ޚަބަރު ފަހުގެ

ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު މަޝްރޫޢު ހުއްޓާލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫއު ހުއްޓުވާފައިވަނީ ޕްލޭނިން މިނިސްޓްރީއަށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ދޫކޮށްފައިވާ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުގެ ރިޕޯޓު ގަބޫލުކުރި ކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތް ހުއްޓާލުމަށް މިއަދު އަންގާފައިވާނެ ކަމަށް ވެސް އީޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.


މާޗް 1، 2020ގައި އެމްޓީސީސީއާ ހަވާލުކުރި ހުޅުދޫ ބަނދަރު މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ޖުމުލަ 66.3 މިލިއަން ރުފިޔާގެ މި މަޝްރޫއު ހުއްޓާލަން އެންގި އިރު، މަޝްރޫއުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ޑިޒައިން ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް 69 މިލިއަން ރުފިޔާގެ އަގަކަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 30، 2019 ގައެވެ.

އެ މަޝްރޫއުގެ ދަށުންވެސް ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ވަނީ ނިމިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ