ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި ކްލާސްރޫމުތަކެއް އިމާރާތްކުރުމަށް 9.2 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ މަސައްކަތުގެ ދަށުން ޖަލާލުއްދީން ސްކޫލުގައި ޢިމާރަތް ކުރަނީ 08 ކްލާސް ރޫމެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.