ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި 

ޚަބަރު ފަހުގެ

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރި ރަނިލް ވިކްރަމަސިންހަ މިއަދު މަގާމުގެ ހުވާ ކުރައްވައި، ރަސްމީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.

ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ އަޒުމުގައި ހުންނެވި، އުމުރުން 73 އަހަރުގެ ރަނިލް، މަގާމުގެ ހުވާ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނަގެ ކުރިފުޅުމަތީގަ އެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާ އެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ހަ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލްއަކީ، އާންމުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ނުވިޔަސް، ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާ ކުރަމުންދާ ބައެއް މީހުން ބުނާ ގޮތުގައި، ރަނިލް އަށް ފުރުސަތެއް ދޭން ބޭނުމެވެ. މުޅި ގައުމު ބަނގުރޫޓުވެ އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓުމާ ގުޅިގެން، އާންމު ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ އަށް ފަހު، މަޖިލީހުގައި ދެއްކެވި ކުރު ވާހަކަކޮޅުގައި ރަނިލް ވިދާޅުވީ ގައުމު މިހާރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި، ކުރިއަށް ހުރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކަމަށެވެ. އިއްޔެގެ ވޯޓުގައި ރަނިލް ކުރި ހޯއްދެވީ، ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން 134 މެންބަރުންގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ތެރޭގައި ގިނައީ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ މެމްބަރުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ