މަންކީ ޕޮކްސް ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނު ކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ޞިއްހަތު

މަންކީ ޕޮކްސް (މަކުނު ވިދުރި) އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނު ކޮށްފިއެވެ.

މިއަދު ސިއްހަތު ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރެޔެސުސް ވިދާޅުވީ، މަންކީ ޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް އޮތީ “މޮޑޭރޭޓް” ކޮށް ކަމަށާއި ނަމަވެސް ވިލާތު ވިޔަފައި އެހެން ގައުމުތަކުގައި ބަލީގެ ނުރައްކާ ބޮޑު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަންކީ ޕޮކްސް އާއި ގުޅިގެން ޑރ. ޓެޑްރޮސް މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނު ކުރި ނަމަވެސް އެކަމާއި ގުޅިގެން އެޖަމިއްޔާގެ ކޮމިޓީއަށް އެއްގަލަކަށް މިހާތަނަށް އެރިފައެއް ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މަންކީ ޕޮކްސް އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ. މިހާތަނަށް ބަލި ޖެހިފައިވާ 98 އިންސައްތަ މީހުންނަކީ މި ގްރޫޕަށް ނިސްބަތްވާ މީހުންނެވެ.

މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މަކުނު ވިދުރީގެ 16،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ