އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން ފަސޭހަކަމާއެކު ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީ ބަލިކޮށްފިއެވެ.
އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީ ބަލިކުރީ 8-2 ލަނޑުންނެވެ.
އިއްޔެ ހަވީރު ފޯކައިދޫ ދަނޑުގައި ކުޅުނު މެޗުގައި އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވާއިރު އެ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ރިޝްވާންއެވެ. ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ރިލްވާންއެވެ. މީގެ އިތުރުން މެޗު 25 އަދި 37 ވަނަ މިނެޓުގައި އިބްރާހިމް މުޝީ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ހާފުގެ ފަހު މިނެޓުގައި ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ވަނީ ލަނޑެއް ޖަހާފައެވެ. އެ ލަނޑު ޖެހީ އަލީ ރަމްޒީ އެވެ. ފުރަތަމަ ހާފު ނިމުނީ 4-1 ފޯކައިދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ މެޗުގެ 54 ވަނަ މިނެޓުގައި ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ ހުސައިން ޚަލީމް ވަނީ ލަނޑެއް ކާމިޔާބުކޮށް 4-2 ނަތިޖާ ބަދަލު ކޮށްފައެވެ. ނަމަވެސް އޭގެފަހުން ފޯކައިދޫން ވަނީ 4 ލަނޑު ޖަހާ މެޗުގެ ނަތިޖާ 8-2 ބަދަލު ކޮށްފައެވެ. މިހާފުގައި ފޯގައިދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދު މާލިކް، ހަމްދޫން، އިބްރާހިމް މުޝީރެވެ.
ދެން މި މުބާރާތުގެ މެޗެއްް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ބައްދަލު ކުރާނީ
ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމިއާއި ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީއެވެ.