ޓީއެމްއޭ ވިއްކާލުމުގެ މަޝްވަރާތައް ފަށައިފި 

ޚަބަރު ފަހުގެ

ޗާލިލް ގުރޫޕް އިންކްގެ އިންވެސްޓަރުންގެ ގުރޫޕުން، މިވަގުތު ދުނިޔޭގައި އޮތް ދުނިޔޭގެ ސީ ޕްލޭންގެ އެންމެ ބޮޑު ފްލީޓް ކަމުގައިވާ ޓްރާންސް މޯލްޑިވްސް އެއަރވޭސް، ޓީއެމްއޭ ވިއްކާލުމަށް ވިސްނަމުންދާ ކަމަށް، ވިޔަފާރި ޚަބަރުތައް ރިޕޯޓު ކުރަމުންދާ މަޝްހޫރު ބްލޫމްބާގް ނޫހުގެ އޭޝިއާ އެޑިޝަންއިން ރިޕޯޓު ކޮށްފިއެވެ.

މި ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، 700 މިލިއަން ޑޮލަރުގެ އަގުހުރި، ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ވެރިފަރާތް ކަމުގައިވާ ޗާރލީލްއާއި އަދި ކޯ އިންވެސްޓަރުން ކަމުގައިވާ ކިންގ ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނަރ ކެޕިޓަލް މެނޭޖްމަންޓްއިން މިހާރުވަނީ، މި އިންވެސްޓްމަންޓްގެ އެޑްވައިޒަރުންނާއެކީ މަޝްވަރާތައް ބާއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީއެމްއޭ ވިއްކާލުމުގެ މުޅި މުއާމަލާތުގެ އަގެއްގެ ގޮތުގައި 500 މިލިއަނާއި 700 މިލިއަނާ ދެމެދުގެ އަގެއް ލަފާ ކުރެވޭ ކަމަށްވެސް މައުލުމާތު ދިން ފަރާތްތަކާ ހަވާލާދީ ބުލޫމްބާރގްއިން ރިޕޯޓު ކޮށްފައިވެއެވެ.

2017ވަނަ އަހަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 550 މިލިއަން ޑޮލަރަށް ބައިން ކެޕިޓަލް ގަނެފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެންނެވެ. އެފަހަރު ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލަން ޖެހުނީ ކުންފުނިން ދައްކަންޖެހޭ ލޯން ފައިސާ ދެއްކޭ ގޮތް ނުވެގެންނެވެ.

އެއަށްފަހު ޗާލިލް ގުރޫޕުން ޓީއެމްއޭގެ ބޮޑު ހިއްސާއެއް ވިއްކާލީ ފާއިތުވެދިޔަ އަހަރުގެ މެދު ތެރޭގައެވެ.

ޓީއެމްއޭގެ މުޅި ސީޕްލޭން ފްލީޓުގައި މި ވަގުތު 56 ބޯޓު ހިމޭނޭއިރު މި ފްލީޓުން ރާއްޖޭގެ 80 ރިސޯޓަކަށް ދަތުރު ކުރެއެވެ. އަދި މި ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން މަސައްކަތް ކުރަމުން ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ