ފަގީރާ ފުޓްސަލް ޗެލެންޖު 2022 ގައި އިއްޔެ ކުޅެވުނު މެޗުތަކުން ވޮލްވްސް އެސް.ސީ، ޅިޔަނު އެފްސީ އަދި މުޑަހަނދި އެފްސީ މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

ޅައިމަގު ކައުންސިލްގެ ފަގީރާ ފުޓްސަލް ޗެލެންޖު 2022 ގައި އިއްޔެ ކުޅެވުނު މެޗުތަކުން ވޮލްވްސް އެސް.ސީ، ޅިޔަނު އެފްސީ އަދި މުޑަހަނދި އެފްސީ މޮޅުވެއްޖެއެވެ.

ފުރަތަމަ މެޗުގައި ވާދަކުރީ ވޮލްވްސް އެސް.ސީ އާއި ޓީމް ޖަޒީރާއެވެ. މިމެޗު 1-0 ވޮލްވްސް އެސް.ސީ ކާމިޔާބު ކުރިއިރު އެޓީމަށް ލަނޑު ޖަހައިދިނީ އިބްރާހިމް ފަޔާޒްއެވެ. މި މެޗުގެ މޮޅު ކުޅުތެރިޔަކަށް ހޮވިފައިވަނީ ވޮލްވްސް އެސް.ސީ ގެ އަދުހަމް އަހުމަދު ޖީކޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ މެޗުގައި ބައްދަލުކުރީ ޅިޔަނު އެފްސީ އަދި އަރާދުވާއެވެ. މިމެޗު 5-2 ކާމިޔާބުކުރީ ޅިޔަނު އެފްސީއެވެ. އެޓީމް ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރިފާޒް، އަބްދުﷲ ފާސިތު އަދި އާދަމް ނަމީއެވެ. އިބްރާހިމް ރިފާޒް، އަބްދުﷲ ފާސިތު މި ދެ ކުޅުތެރިން ވަނީ 2 ލަނޑު ޖަހައިދީފައެވެ. އަރާދުވާގެ ދެ ލަނޑު ޖަހައިދިނީ އަލީ މާހިރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޅިޔަނު އެފްސީގެ އިބްރާހިމް ރިފާޒްއެވެ.

ތިންވަނަ މެޗުގައި ވާދަ ކުރީ މުޑަހަނދި އެފްސީ އަދި އެފް.ސީ ވައިލެޓް ސްޓާއެވެ. މިމެޗު ނިމުނީ 3-2 ލަނޑުންނެވެ. މުޑަހަނދި އެފްސީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހުމަދު އާރިފު އަދި އަހުމަދު ރީހާންއެވެ. އާރިފު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެފް.ސީ ވައިލެޓް ސްޓާގެ ލަނޑު ޖަހައިދިނީ އަލީ މައިދު އަދި މުހައްމަދު އިމާދުއްލާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުޑަހަނދި އެފްސީ އަހުމަދު އާރިފްއެވެ.

މިއަދުވެސް މި މުބާރަތުގެ 3 މެޗު ކުޅުމަށް ހަމަ ޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ
ޅިޔަނު އެފްސީ އާއި އެފް.ސީ ވައިލެޓް ސްޓާއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ވޮލްވްސް އެސް.ސީ އާއި އަރާދުވާއެވެ. ތިންވަނަ މެޗުގައި ބައްދަލު ކުރާނީ މިނިއަންސް އާއި ޓީމް ޖަޒީރާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ