އެސްޓީއޯގެ ކޯސްތަކުގެ ދަރިވަރުންނަށް އޭޑީކޭއިން އިންޓާންޝިޕް

ޚަބަރު ފަހުގެ

އެސް.ޓީ.އޯއިން ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.

އިޝްތިހާރު
އިޝްތިހާރު

އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން، އެސް.ޓީ.އޯއިން ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް މަސައްކަތު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު އޭޑީކޭ ހޮސްޕިޓަލުން ފަހިވެގެންދާނެކަމަށެވެ.

އެސް.ޓީ.އޯއިން ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯހަކީ އެސް.ޓީ.އޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން ހިންގާ ކޯހެކެވެ. މި ކޯހުގައި 2 އަހަރު ދުވަހުގެ ކިޔެވުމާއިއެކު 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓެއް ލިބޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ