ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު، ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފި

ޚަބަރު ފަހުގެ

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު،ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފައި ވަނީ ބައެއް ފެސިލިޓީތައް އަދިވެސް ފުރިހަމަވެފައި ނުވުމާއި، އެ ރަށް ފެހި ކުރުމަށް ކުރަން ހުރި ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމި ހުރުމުންނެވެ. އެ ރަށް ހުޅުވާނީ އެ މަސައްކަތްތައް ފުރިހަމަވުމުން ކަމަށް ވެއެވެ. ދެން ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވޭނެ ތާރީހެއް އަދި ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުމަށް ނިންމާފައި އޮތީ މިނިވަން ދުވަހާ ދިމާކޮށް މާދަމާއެވެ.

ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި އެމްޓީސީސީން ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި 397.27 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުޑަގިރީގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

އެގޮތުން 3.3 ހެކްޓަރުގެ އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސްސަރުކާރުން ރާވާފައިވެއެވެ. އެކަމަކު، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ