ފާއިތުވި 4 އަހަރުގެ ޗެމްޕިއަން ބަލިކޮށް ކައުންސިލް ޓީމް ތަށި އުފުލާލައިފި

ކުޅިވަރު ފަހުގެ

ހއ މުރައިދޫ 6 ވަނަ އިންޓަރ އޮފީސް ވޮލީބޯޅަ ޓޯރނަމަންޓްގެ ފާއިތު 4 އަހަރުގެ ޗެމްފިއަން ކަމުގައިވާ މުރައިދޫ ސްކޫލް ބަލިކޮށް ކައުންސިލް ޓީމް ތަށި އުފުލާލައިފިއެވެ.

އިއްޔެ ހަވީރު މުރައިދޫ ވޮލީ ކޯޓްގައި ކުޅެވުނު ފައިނަލް މެޗު 3-1 ކާމިޔާބު ކުރީ ކައުންސިލް ޓީމެވެ. މިމެޗުގެ ފުރަތަމަ ސެޓު 25-16 ފަސޭހަކަމާއިއެކު ކައުންސިލް ޓީމް ގެންދިޔައިރު 2 ދެވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، 26-24 މި ސެޓު ކައުންސިލް ކާމިޔާބު ކުރިއިރު، 3 ވަނަ ސެޓު ފަސޭހަކަމާއިއެކު ސްކޫލް ޓީމް ގެންދިޔައީ 25-16 ނެވެ. 4 ވަނަ ސެޓު ގައި ކައުންސިލް ޓީމް ތަފާތު ކުޅުމެއް ދައްކާ 25-09 ކާމިޔާބު ކޮށް ކައުންސިލް ޓީމް ވަނީ ތަށިއުފުލައިލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައި ވަނީ ކައުންސިލް ޓީމްގެ 04 ނަބަރު ފާތުމަތު ތަހޫރާ އެވެ.

ރަނަރަޕް ސްކޫލް ޓީމް

މި މުބާރާތުގައި ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިން އާއި މޮޅު 6 ކުޅުންތެރިން، 21 އަހަރުން މަތީގެ މޮޅު ކުޅުން ތެރިޔާ، އަދި މޮޅު ކޯޗު ހޮވާފައެވެ

މުބާރާތުގެ މޮޅު 6 ކުޅުންތެރިން

  1. ފާތުމަތު ޝަމާ / ސްކޫލް ޓީމް ޖޯޒީ ނަންބަރު 17
  2. ފާތުމަތު ނާޒު / ސްކޫލް ޓީމް ޖޯޒީ ނަންބަރު 09
  3. ފާތުމަތު ޝަބާނާ / ސްކޫލް ޓީމް ޖޯޒީ ނަންބަރު 07
  4. ޞަފާ ޢަލީ / ސްކޫލް ޓީމް ޖޯޒީ ނަންބަރު 05
  5. ފާތުމަތު ޠަހޫރާ / ކައުންސިލް ޓީމް ޖޯޒީ ނަންބަރު 04
  6. ޝަމީނަތު ހުސައިން / މަރުކަޒު ޓީމް ޖޯޒީ ނަންބަރު 03

މުބާރާތުގެ ބެސްޓް ކޯޗު
އިބްރާހިމް ޝަރީފް / ކައުންސިލް ޓީމް

މުބާރާތުގެ މޮޅު 6 ކުޅުންތެރިން، 21 އަހަރު ދަށުގެ މޮޅު ކުޅުން ތެރިޔާ, ބެސްޓް ކޯޗު

21 އަހަރު ދަށުގެ މޮޅު ކުޅުން ތެރިޔާ
ފާތުމަތު ނުހާ / ކައުންސިލް ޓީމް ޖޯޒީ ނަންބަރު 10

މުޅި މުބާރާތުގެ މޮޅު ކުޅުން ތެރިޔާ
ފާތިމަތު ޝަމާ / ސްކޫލް ޓީމް ޖޯޒީ ނަންބަރު 17

ފައިނަލް މެޗު ޝަރަފު ވެރި ކޮށްދެއްވީ ހއ. ކޮމާންޑް ސަބް އިންސްޕެކްޓަރ އޮޕް ޕޮލިސް އިބުރާހިމް ވަހީދު އެވެ.

ފޮޓޯ މުރައިދޫ ކައުންސިލް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ