އެއަރކްރާފްޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ބޭސިކް ކޯސް 1 ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ފަށައިފިއެވެ.
ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން މިއަދު ބުނީ 21 މުވައްޒަފުންނާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި “އެއަރކްރާފްޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ބޭސިކް ކޯސް 1” ފަށާފައި ވާކަމަށެވެ.
މިއީ އެއްމަސް ދުވަހުގެ ކޯހެއްކަމަވެސް ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފައި ވެއެވެ.
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.