ޔޯގާ ހަރާމްކަމަށް 104 ދީނީ އިލްމުވެރިޔަކު އިއްތިފާގުވެވަޑައިގެންފި 

ޚަބަރު ފަހުގެ ދީން

ޔޯގާއަކީ ހަރާމްކަމެއްކަމުގައި ރާއްޖޭގެ ދީނީ 104 އިލްމުވެރިޔަކު އިއްތިފާގުވެވަޑައިގެން އެކަން ހާމަކުރައްވައިފިއެވެ.

ދީނީ އިލްމުވެރިން އެކަން އިއުލާނުކުރެއްވީ އިލްމުވެރިންގެ ގުޅުމުން ކޮށްފައިވާ ދިރާސާއަކަށްފަހު އާއްމުކުރި ނޫސްބަޔާނެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވައި ޢިލްމުވެރިންގެ ގުޅުމުން މިއަދު ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން ޢަޤީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުން ކަމަށެވެ. އަދި އެ ދީންތަކުގެ ކަންކަމަށް ލޯބި ޖައްސައި އެ ދީންތަކަށް ތަބާވާ ބައެއްކަމުގައި މީސްތަކުން ހެދުން ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ކަސްރަތެއްގެ ގޮތުގައި ޔޯގާ ޢާންމުކުރުމަށް ބުދު ދީނާއި ހިންދޫ ދީނުގެ އަހުލުވެރިން މަސައްކަތް ކުރަނީ އެއީ ދީނީ ކަމެއްގެ ގޮތުގައި ދައްކައިގެން އެކަން ގެނައުމަކީ އުނދަގޫކަމެއްކަމަށް ވާތީ ކަމަށެވެ.

ޔޯގާ އަކީ ބުދު ދީނާއި ހިންދޫ ދީނުގެ އަޅުކަންތަކުގެ ތެރެއިން އަޅުކަމެއް ކަމަށާއި، އޭގައި ޝިރުކު ކުރުން އެކުލެވިގެންވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

“ޔޯގާ އަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމަށްވާތީ، ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެއެވެ. އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެކެވެ.” އިލްމުވެރިންގެ ގުޅުންމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ