ފަގީރާ ފުޓްސަލް ޗެލެންޖު: ޅިޔަނު އެފްސީ އަދި އެފްސީ ވައިލެޓް ސްޓަރ ބައްދަލުކުރާ ފޯރިގަދަ ފައިނަލު މެޗު މިރޭ

ކުޅިވަރު ފަހުގެ

ޅައިމަގު ކައުންސިލުގެ ފަގީރާ ފުޓްސަލް ޗެލެންޖު 2022 ފޯރިގަދަ ފައިނަލު މެޗުގައި މިރޭ ޅިޔަނު އެފްސީ އަދި އެފްސީ ވައިލެންޓް ސްޓަރ ބައްދަލުކުރާނެއެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.

7 ޓީމު ވާދަކުރި މި މުބާރާތް ކުޅެނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ޕޮއިންޓު ތާވަލުގެ އެއްވަނަ ދެވަނަ ފައިނަލް ކުޅޭ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޅިޔަނު އެފްސީ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގެ ގޮތުގައެވެ. އެފްސީ ވައިލެންޓް ސްޓަރ އަދި ވޮލްވްސް އެސް.ސީ އަށް 12 ޕޮއިންޓް ލިބި އެއްވަރު ވެފައި ވީނަމަވެސް އެފް.ސީ ވައިލެންޓް ސްޓަރ ފައިނަލަށް ދިޔައީ ފައިދާ ގޯލުގެ ފަރަގުންނެވެ.

މި މުބާރަތުގެ އެހެން މެޗުތަކެކޭ އެއްފަދައިން ފައިނަލު މެޗުވެސް ޅައިމަގު އޮންލައިން ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ