ޅައިމަގު ކައުންސިލްގެ ފަގީރާ ފުޓްސަލް ޗެލެންޖު 2022ގެ ތަށި އެފް.ސީ ވައިލެޓް ސްޓާ އުފުލާލައިފި

ކުޅިވަރު ފަހުގެ

ޅައިމަގު ކައުންސިލްގެ ފަގީރާ ފުޓްސަލް ޗެލެންޖު 2022ގެ ތަށި އެފް.ސީ ވައިލެޓް ސްޓާ އުފުލާލައިފިއެވެ.

ވައިލެޓް ސަޓާ މުބާރަތުގެ ތަށި އުފުލާލީ ފައިނަލުގައި ޅިޔަނު އެފްސީ 3-2 ބަލިކުރުމަށް ފަހުއެވެ. މީ ޅިޔަނު އެފްސީ ބަލިވި ހަމައެކަނި މެޗުވެސް މެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ ކުޅެވުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވައިލެޓް ސްޓާއެވެ. ނަމަވެސް މާ ގިނައިރު ތަކެއްނުވެ ޅިޔަނު އެފްސީން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ހިތްވަރާއެކު ވައިލެޓް ސްޓާ ވަނީ 2 ލަނޑު ޖަހާ މެޗުގެ ނަތީޖާ އެ ޓީމްގެ ކޮޅަށް އަބުރާލާފައެވެ. ދެވަނަ ހާފުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ފެނުނުނަމަވެސް ލަނޑެއް ވަނީ ކާމިޔާބު ނުކުރެވިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވައިލެޓް ސްޓާގެ ހުސެން އަހުސަންއެވެ.

ފައިނަލް މެޗަށްފަހުވަނީ މުބާރާތް ކުރިޔަށް ގެންދިޔުމަށް އެހީވި ފަރާތްތަކަށާއިޖ ވަނަ ވަނައަށް ދިޔަފަރާތްތަކަށް އިނާމް ހަވާލު ކޮށްދީފައެވެ. މުބާރާތު ވަނަތަކަށް އިނާމު ބައްސަވައިދެއްވީ މުބާރަތުގެ ޝަރަފުވެރި މެހެމާން ށ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ހަމީދުއެވެ.

ފަގީރާ ފުޓްސަލް ޗެލެންޖު 2022ގެ ވަނަތައް:

  • މުބާރާތުގެ މޮޅު ކުޅުންތެރިޔާ
    އިބްރާހިމް ރިފާޒް (ޅިޔަނު އެފްސީ)
  • އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
    އިބްރާހިމް ރިފާޒް (ޅިޔަނު އެފްސީ)
    އާދަމް ރީހާން (ޓީމް ޖަޒީރާ)
  • އުއްމީދީ ކުޅުންތެރިޔާ
    އިބްރާހިމް ލަހުފާނު (މިނިއަންސް)

*އެންމެ މޮޅު ކޯޗު
އަލީ ޒާހިރެ (ޅިޔަނު އެފްސީ)

  • އެންމެ ރަނގަޅު ފަހެއް
    އިބްރާހިމް ރިފާޒް (ޅިޔަނު އެފްސީ)
    ހުސައިން އަހުސަން (އެފްސީ ވައިލެޓް ސްޓާ)
    އަބްދުﷲ ޝަކީބް (ޅިޔަނު އެފްސީ)
    އަލީ މައިދު (އެފްސީ ވައިލެޓް ސްޓާ)
    އާދަމް ރީހާން (ޓީމް ޖަޒީރާ)
  • ފެޔާޕުލޭ ޓީމް
    މިނިއަންސް
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ