ރިލްވާނާއި ޔާމީންގެ މަރު: ތުހުމަތުގައި ތިން މީހަކަށް ދައުވާކޮށްފި 

ޚަބަރު ފަހުގެ

ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް، ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި މައްސަލާގައި ސީރިއަސް ތުހުމުތުތަކެއް ކުރެވިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލްގެ އިތުރުން އަހްމަދު މުއާޒްގެ މައްޗަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްމާއިލް އަބްދުއްރަހީމަށް

އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ގައި އޭނާއަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ.

މީގެ އިތުރުން ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކމަށް ބުނެ އޭނާ އަށް ފާރަލައި މަރާލުމަށްޓަކައި 2017 ގައި ފާރަލައި އެހީތެރިވެދީފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އަހްމަދު އިސްމާއިލް

އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ އެވެ.

ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އުފުލަން ކޯޓަށް ހުށަހަޅާފައިވެ އެވެ.

އަހްމަދު މުއާޒް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލީ އެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ