އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށްދެއްވީ އަލިފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. މި ރަސްމިއްޔާތުގައި އަލިފުށި ކައުންސިލުގެ ރައީސް އާދަމް އިމްރާނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން މިއަދު ބުނީ، އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އެ ރަށު އެއާޕޯޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ސެޕްޓެމްބަރު 1، 2021ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ އަގުގެ ގޮތުންނާއި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ދަށުން އެ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ.

އެގޮތުން ޖުމުލަ 451.61 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިމެވެ. އަދި 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރާނެ އެވެ.

އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑު ހެދުމާއި ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ