ރައީސް ނަޝީދުގެ ފޯނު ފޭރިގެންފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފޯނު ފޭރިގެންފި އެވެ. މިކަން ހިނގާފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން ހުންނަވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން ހުންނަވަނިކޮށް މީހަކު އައިސް ރައީސް ނަޝީދުގެ ފޯނު ޖަހައިގެން ދުވެ ފިލައިފިއެވެ. އަދި ރައީސް ނަޝީދުގެ ނަމްބަރު ބްލޮކް ކުރުމަށް ރައީސް ނަޝީދުގެ ދަރިކަނބަލުން އެދިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދު ނަމްބަރު މިހާރު ވަނީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުންވެސް ވަކިކޮށްފައެވެ.

ރައީސް ނަޝީދުގެ ފޯނު މީހަކު ޖަހައިގަނެފައިވަނީ އެމަނިކުފާނު އަތުގައި ރައީސް ސޯލިހު ޒިނޭ ކުރާ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެފައި ވަނިކޮށެވެ.


ރައީސް ސޯލިހްގެ ފޮޓޯޓައް ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ލިވާތު ކުރި މައްސަލާގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ