އެމްއެންޕީގެ ތަރުޖަމާނަކަށް ޝިދާތާ!

ފަހުގެ ސިޔާސީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އައު ތަރުޖަމާނަކަށް ޝިދާތާ ޝަރީފް އައްޔަންކޮށްފި އެވެ.

އެމްއެންޕީގެ ނައިބު ރައީސާކަން ކުރައްވާ ޝިދާތާ ތަރުޖަމާނުގެ މަޤާމާއި ހަވާލުވެވަޑިގެންނެވީ އެމްއެންޕީގެ ތަރުޖަމާނުގެ މަގާމުގައި ކުރިން ހުންނެވި އަސްރާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޕީއިން ވަނީ އައު ތަރުޖަމާނު ތައާރަފްކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި އަޅުގަނޑުމެން ފަތައިފިން ކަމަށާއި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ޤާނޫނު ނަގަހައްޓާ، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލި ކަމަށެވެ. އަދި މިއަދު އަަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅަމުން މިދަނީ އެތަޖުރިބާތަކުގެ އަލީގައި ކަމަށެވެ.

މިހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ، ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފިކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އައު ސްޕޯކްސްޕަރސަން ޝިދާތާގެ ޚިއްޞާ ބޮޑު ކަމަށެވެ.

ޕާޓީގެ އައު ސްޕޯކްސްޕަރސަންއާއެކު ޕާޓީގެ އަޑު ސިޔާސީ ގޮތުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީން ކުރާކަމަށް އެޕާޓީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ