ޕީޕީއެމް، ޕީއެންސީން މާދަމާ މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ހަނިމާދޫ ގައިވެސް

ޚަބަރު ފަހުގެ

ޕީޕީއެމް، ޕީއެންސީން މާދަމާ މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ހަނިމާދޫ ގައިވެސް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

ހަނިމާދޫގައި ކުރިޔަށް ގެންދާ ހަރަކަތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެމުން ޕީޕީއެމް، ޕީއެންސީން ހަރާކަތް ތަކުގައި އިސްކޮން ހަރަކަތްތެރިވާ އިދުރީސް އަބުދުﷲ ވިދާޅުވީ ” މާދަން ހަނިމާދޫގައި ބާއްވަނީ ހިނގާލުމެއް ކަމަށާއި މިހިގާލުން ފެށޭނީ ހަވީރު 4 ޖަހާއިރު ބަދަރުމަތިން ކަމަށެވެ.”

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމް، ޕީއެންސީން މެންބަރުން އިސްނަގައިގެން އިންތިޒާމް ކުރާ މިހަރަކާތަކީ ގައުމު ވިއްކާލުމާ ދެކޮޅަށް ބާވާ ހަރަކާތަކަށް ވާތީ ގައުމުދެކެ ލޯބިވާ އެންމެހައި ދިވެހި ރައްޔިތުންނަން ބައިވެރި ވުމަށް ދައުވަތު އަރުވާކަމަށް އިދުރީސް ވިދާޅުވިއެވެ.

މި ހިނގާލުން ކުރިޔަށް ގެންދާނެ މަގުތަށް ކަނޑަ އަޅާނީ މާދަން ކަމަށާއި، މި ހަރަކާތް ގާތް ގަޑަކަށް 1 ގަޑިއިރުގެ ހަރަކާތެއް ކަމަވެސް އިދުރީސް ވިދާޅުވިއެވެ.

ފޮޓޯ ޕީޕީއެމް ގެ 2018 ރިޔާސީ އިންތިހާބު ކެމްޕޭން ނިންމާލުން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ