އިނގިރޭސި ޕްރިމިއާ ލީގުގައި މިސީޒަން ކުޅުނު ފުރަތަމަ މެޗުން ކްރިސްޓަލް ޕެލެސް 2-0 އިން ބަލިކޮށް އާސެނަލް އިން ލީގުގެ ފެށުން ރަގަޅުކޮށްފިއެވެ.
ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ މާޓިނެލީއެވެ. މިލަނޑު އެސިސްޓް ކޮށްދީފައިވަނީ ޒިންޗެންކޯއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޕެލެސްގެ ފޯވާޑް އެޑުއާޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އާސެނަލްގެ ކީޕަރު ރަމްސްޑޭލް އެވެ.
މެޗްގެ ފުރަތަމަ ހާފް 1-0 ގެ ލީޑްގައި އޮވެ އާސެންލް އިން ނިންމާލިއިރު ޕެލެސްއަށް ނަތީޖާ ބަދަލު ކޮށްލަން ރަގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ.
ދެވަނަ ހާފުގައި ޕެލެސްއިން ކުޅުން ރަގަޅުކޮށް ނަތީޖާ ބަދަލުކުރާނެ ގިނަ ފުރުސަތުތަކެއް ފަހިކުރި ނަމަވެސް ގޯލްޖެހޭގޮތް ވަނީ ނުވެފައެވެ. މެޗުގެ 85 ވަނަ މިނިޓްގައި އާސެނަލްއިން އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑުކުރިއެވެ. މިގޯލަކީ އާސެނަލްގެ ޒަކާ އަރިމަތިން އޭރިޔާ ތެރެޔަށް ނެގި ބޯޅައެއް ޕެލެސް ޑިފެންޑަރު މާކު ގުއެހީ ފައިގަ ޖެހިފަ ބައިކޮޅަށް ވަން ގޯލެކެވެ.