ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ


ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 2023-2027 އާ ހިސާބަށް ބިޒްނަސް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ވެމްކޯގެ ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ އެ ކުންފުނިން ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމަ އަށް ދިނުން ކަމަށް އިއުލާނުގައި ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވާން ޖެހެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 11 އިގެ ކުރިންނެވެ.

ވެމްކޯއަކީ 2016 ވަނަ އަހަރުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ. އެ ކުންފުނިން މިހާރު އަންނަނީ އައްޑު އާއި ފުވައްމުލަކުގައި ވެސް ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ