ދިއްދޫގައި ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފި

ޚަބަރު ފަހުގެ

ހއ. ދިއްދޫގައި ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް ގާއިމު ކުރުމުގެ މަޝްރޫއަސް ހަރަދު ކުރަނީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެސްޖޭއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 120،405،400.00 ރުފިޔާއަށެވެ.

މިމަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސެވެ. ޔުނިޓްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ. މި ހައުސިން ޔުނިޓްތައް ގާއިމުކުރާ ސަރަހައްދުގައި ޕާރކަކާއި ވެހިކަލް ޕާރކް ކުރާނެ ސަރަހައްދެއް ގާއިމު ކުރެވިގެންދާނެކަމަށް ޕްލޭނިން، ހައުސިން އެންޑް އިންްފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ