ޕީޕީއެމް، ޕީއެންސީން މުޅި ރާއްޖޭގައި ކުރިޔަށް ގެދިޔަ އިހްތިޖާޖު ހަނިމާދުގައި ކުރިޔަށް ގެންގޮސްފި

ޚަބަރު ފަހުގެ

ޕީޕީއެމް، ޕީއެންސީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ އިހްތިޖާޖު ހަނިމާދޫ ގައިވެސް ކުރިޔަށް ގެންގޮސްފި އެވެ.

ގައުމު ވިއްކާލުމާ ދެކޮޅަށް ޕީޕީއެމް، ޕީއެންސީން މެންބަރުން އިސްނަގައިގެން އިންތިޒާމް ކުރި މިހަރަކާތް ހަނިމާދޫގައި ފަށާފައިވަނީ 17:03 ހާއިރު ހަނިމާދޫ ބަނދަރު ގައި ގާއިމުކޮށްފައިވާ އިސްޓޭޖު ކައިރިންނެވެ. މިއަދުގެ އިހްތިޖާޖު ކުރިޔަށް ގެންދިޔައީ ހިނގާލުމެއްގެ ގޮތުގައެވެ. މިހިނގާލުން ކުރިޔަށްދިޔައީ ބަނދަރުން ފެށިގެން އަމީނީ މަގުން އިރަށްގޮސް ކައުންސިލް ދޮރުމައްޗަށެވެ. 70 ވަރަކަށް މީހުން ހިނގާލުމުގައި ބައިވެރި ވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިހިނގާލުމުގެ ބައިވެރިން ވަނީ އެބައިވެރިންގެ ޝުއޫރުތައް ހާމަ ކޮށްދޭ ތަފާތު އެކި ޕޯސްޓަރު ބޭނުން ކޮށްފައެވެ. މިކޮޅުން ހިނގާލުމުގެ ބައިވެރިން ބޭނުންކުރި ޕޯސްޓަރުތަކުގައި ލިޔެފައިވާ ބައެށް ޝުޢޫރު ތަކުގައި ވަނީ
” މަސްކަނޑުތަށް ވިކާލަނީ! “
” ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެންނަނީ “
” ރައީސް ޔާމިން މިނިވަން ކުރޭ “
” މަސްވެރިންގެ ފުރާނަ ބިރުވެރިކަމުގައި “
” ރައްޔިތުގެ ހަޒާނާ ހުސްކޮށްލައިފި”
” ގައުމުގެ ސިޔާދަތު ގެލިއްޖެ”
” ކަނޑު ފެރޭމީހުން ގެންނަނީ”
” މަސް ކަނޑު ތައް ވިކަނީ ” މީގެ އިތުރު ވެރިކަން ފެއިލް ވެޖެކަމަށާއި އެއަރ ޕޯޓްތައް ވިއްކަނީކަމަށްވެސް ޕޯސްޓަރުތަކުގައިވެއެވެ.

ކޮވިޑް ވަގު ހިފުމަށާއި ރައީސް ޔާމިން މިނިވަން ކުރުމަށް ލިޔެފައިވާ ޕޯސްޓަރުގެ އިތުން ރައީސްގެ އިސްތިއުފާއަށް ގޮވާލަފައިވާ ޕޯސްޓަރުތައް ހިނގާލުމުގެ ބައިވެރިން ގެންގުޅެފައި ވެއެވެ.

މި ހިނގާލުމުގައި ކުރިޔަށް ދިޔައިރު އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ